ސަނަމް ޕޫރީ އާއި ޒުޗޯބެނީ ތުންގޯ ކައިވެނިކޮށްފި

އިންޑިއާގެ ޕޮޕް ރޮކް ބޭންޑް ސަނަމްގެ ލީޑް ވޯކަލިސްޓް-ކޮމްޕޯޒަރު ސަނަމް ޕޫރީ އާއި ލަވަކިޔުންތެރިޔާ ޒުޗޯބެނީ ތުންގޯ ކައިވެނިކޮށްފިއެވެ. އިއްޔެ ކުރި ކައިވެންޏަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ސަނަމް ޕޫރ...

12 Jan 2024 | 10:55

އިންޑިއާގެ ޕޮޕް ރޮކް ބޭންޑް ސަނަމްގެ ލީޑް ވޯކަލިސްޓް-ކޮމްޕޯޒަރު ސަނަމް ޕޫރީ އާއި ލަވަކިޔުންތެރިޔާ ޒުޗޯބެނީ ތުންގޯ ކައިވެނިކޮށްފިއެވެ.

އިއްޔެ ކުރި ކައިވެންޏަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ސަނަމް ޕޫރީ ބުނީ ކައިވެނި ކުރުމަކީ އަބަދުވެސް ބޭނުންވި ކަމެއް ކަމަށާއި، ހަޔާތުގެ ބައިވެރިއަކަށް ޒުޗޯ ފަދަ މީހެއް ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

މި ކައިވެންޏަކީ ޕަންޖާބީ އާދަކާދަތަކާއި ނާގާ އާދަކާދަތައް އެކުލެވިގެންވާ ކައިވެންޏެކެވެ. ސަގާފީ ފިއުޝަން އެމީހުންނަށް ކަމުދިޔަތޯ ސުވާލު ކުރުމުން ޕޫރީ ބުނީ ދެ މީހުންގެ ދެ ސަގާފަތް އެއްކޮށްލެވުނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި، އެހާ މަޖާ ކައިވެންޏެއް ހުވަފެނުންވެސް ނުދެކޭ ކަމަށެވެ.

ހަނީމޫންއާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ މި ދުވަސްވަރަކީ ސީޒަން ދުވަސްކޮޅު ކަމަށްވާތީ ބޭންޑުން މިދުވަސްކޮޅު އަންނަނީ ޝޯތަކަށް ދަތުރުކުރަމުން ކަމަށެވެ. އަދި ސީޒަން ނިމުމުން އޭގެ ފަހަށް ހަނީމޫން ރާވާނެ ކަމަށް ބުންޏެވެ.

މިއުޒިޝަނެއްގެ ހައިސިއްޔަތުން އޭނާގެ އަންހެނުންގެ ފަރާތުން ލިބެނީ ކިހާ ވަރެއްގެ ސަޕޯޓެއްތޯ ސުވާލުކުރުމުން ސަނަމް ޕޫރީ ބުނީ އާ މިއުޒިކް ހަދަން ހިތްވަރު ދެނީ ޒުޗޯ ކަމަށެވެ. އަދި ޒުޗޯއަކީ ވަރަށް މޮޅު ލަވަކިޔުންތެރިއެއް ކަމަށާއި، ޒުޗޯގެ އަޑު ފުރަތަމަ އިވުނު ދުވަހުން ފެށިގެން ވެސް ސަނަމް ޕޫރީ އަކީ އޭނާގެ ފޭން އެއް ކަމަށެވެ.

ސަނަމްގެ ކައިވެންޏަށް ފަހު އިއްޔެ އޭނާ ވަނީ އަންހެނުން ކިޔާފައިވާ ލަވައެއް ވެސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް