ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފި

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯ އިން ބުނެފިއެވެ. އޭރިއާ އީ ހިއްކުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އާބަންކޯ އިން ބުނީ ...

12 Jan 2024 | 05:40

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އޭރިއާ އީ ހިއްކުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އާބަންކޯ އިން ބުނީ މި މަސައްކަތް 25 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް، އެކަމަށް ސަމާލުވުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ތިލަފުށީގެ އޭރިއާ އީ ހިއްކުމުގެ މަސައްކަތް 18 ޑިސެމްބަރު 2023 ވަނަ ދުވަހު ފެށުމަށް ފުރަތަމަ ހަމަޖެހިފައިވީ ނަމަވެސް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޑިއަށް ގޮސްފައިވާ އުޅަނދުތަކާއި، ގިނަ ދުވަސް ވަންދެން ބޭނުން ނުކޮށް ހުރި އުޅަނދުތައް ފަޅުތެރޭގައި އަޅާފައިވާތީ އާއި، ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާތީ، އޭރު މަސައްކަތް ފެށޭ ގޮތް ނުވީކަމަށް އާބަންކޯ އިން މައުލޫމާތުދެއެވެ.

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ތިލަފުށި އޭރިއާ އީގެ ބިންހިއްކުމުގެ މަސައްކަތް ނިމުމުން ބޯޓުޔާޑާއި، ހިލަ ނުވަތަ ހިލެވެލީގެ މަސައްކަތް ކުރާ ފަރާތްތަކަށް ބީޗް ފްރޮންޓް އިން ޖާގަ ހަމަޖެހިގެން ދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް