މޫސުން ގޯސްވެ، މަންޓާ އެއާގެ ބޯޓަކަށް ބޮޑު ގެއްލުންތަކެއް ވެއްޖެއެވެ.
މަންޓާ އެއާއިން ބުނީ ގެއްލުން ލިބުނު ބޯޓު އަޅާފައި އޮތީ މާލެ އަތޮޅުގެ ޕްލެޓްފޯމެއްގައި ކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް އިން ބޯޓު ކަނޑައިގެން ދިޔައީ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގައި ރަށެއްގެ ގޮނޑުދަށަށް ބޯޓު ބީހިފައިވާކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ބޯޓުގެ ކުރީކޮޅު ވަނީ ވަޅައިގެން ގޮސްފައެވެ.
މަންޓާ އެއާއިން ބުނީ ބޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް