ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ކައިރިން ކިނބުލެއް ފެނިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ޕޮލިހުންނާއި އެމްއެންޑީއެފުން ބުނީ މިފަދަ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.
ނަމަވެސް ކިނބޫ ފެނުނު މީހުންގެ ތެރެއިން މީހަކު ދުވަހަށް މައުލޫމާތު ހިއްސާކުރަމުން ބުނީ އެ ކިނބޫ އެމީހުންނަށް އެ ސަރަހައްދުން ފެނުނީ މިއަދު ހަވީރު 5:15 ހާއިރު ކަމަށާއި ވަގުތުން ޕޮލިހުންނަށް އެކަން އެންގި ކަމަށެވެ. ނަމަވެސް އަންނަނީ، އަންނަނީ ކަމަށްބުނެ އިރު އޮއްސުނު އިރުވެސް ފުލުހުން އެޓެންޑް ނުވުމުން އެމީހުން އެތަނުން ނައްޓާލީ ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
މީގެ ކުރީގައިވެސް ރާއްޖޭގެ އެކި ސަރައްހަދުތަކުން ކިނބޫ ފެނި، ސަލާމަތީ ހިދުމަތްތަކުން ހަރަކާތްތެރިވި ކިނބޫ ހިފާފައި އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް