އަނެކާގެ އިހްސާންތެރިކަން ހަނދާން ނައްތާނުލާށެވެ. އެއީ ކުޑަ ކުފުރުގެ ތެރޭގައި ހިމެނޭކަމެކެވެ!

އިސްލާމީ ޝަރީއަތުގައި ކުފުރަކީ އިސްލާމް ދީނުގައި ކުފުރުގެ ޢަމަލުތަކުގެ ގޮތުގައި ސިފަކުރައްވާފައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސަބަބުން ދީނުން ބޭރުވެގެންނުދާ، އެހެންނަމަވެސް އެމީހެއްގެ އީމާންކަން ބ...

12 Jan 2023 | 16:22

އިސްލާމީ ޝަރީއަތުގައި ކުފުރަކީ އިސްލާމް ދީނުގައި ކުފުރުގެ ޢަމަލުތަކުގެ ގޮތުގައި ސިފަކުރައްވާފައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސަބަބުން ދީނުން ބޭރުވެގެންނުދާ، އެހެންނަމަވެސް އެމީހެއްގެ އީމާންކަން ބަލިކަށިވެގެންދާ ކަންކަމެވެ. އެގޮތުން އިހުސާނަށް އިންކާރުކުރުން ނުވަތަ މީހެއްގެ ފަރާތުން ލިބިފައިވާ އިހްސާންތެރިކަން ހަނދާން ނައްތާލުމަކީ ކުޑަ ކުފުރެކެވެ. އަދި މިކަމަކީ މުސްލިމް މުޖުތަމައުތަކުގައި އެކަމުގެ ގެއްލުން ނޭނގި އާއްމުވެފައިވާ އާދައެކެވެ.

ތައާލާ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާކުރުމަކީ ކުޑަ ކުފުރުވުމެއްކަން އަޅުގަނޑުމެންނަށް އިނގެއެވެ. ހަމަ އެފަދައިން އިހުސާންތެރިކަމަށް އިންކާރުކުރުމަކީވެސް އެކަމުގެ ސަބަބުން އީމާންކަން ބަލިކަށިވެގެންދާ ކުފުރުވުމެކެވެ.

އެގޮތުން އުމުރު އިހްސާންތެރިވުމުގައި ހޭދަކުރާ ފިރިމީހާގެ ކިބައިން އަނބިމީހާ ނޭނދޭ ކަމެއް ފެނުމުން "ތިބާގެ ކިބައިން ދުވަހަކުވެސް ހެޔޮކަމެއް ނުދެކެމޭ" ބުނެފިނަމަ އެކަން ހިމެނިގެންދާނީ ފިރިމީހާގެ އިހުސާނަށް އިންކާރުކުރުމުގެތެރޭގައެވެ.އަދި މިފަދަ ކަންކަމަކީ ވިސްނާނުލާ ކުރާތަން ފެންނަ ބޮޑެތި ކަންކަމެވެ. އެގޮތުން އިހުސާނަށް އިންކާރުކުމަކީ ނަރަކައިގައި އަންހެނުން ގިނަވުމަށް މެދުވެރިވާ ތިން ސަބުބުގެ ތެރެއިން ސަބަބެއްވެސްމެއެވެ.

ކުޑަ ކުފުރެއްކަން ނޭނގި ދިވެހި މުޖުތަމައުގައިވެސް އެފަދަ ކަންކަން އާއްމުވެގެން ކުރެވެއެވެ. އެގޮތުން އިހުސާންތެރިކަން ހަނދާން ނައްތައިލުމުގެ އިތުރުން ނަސަބަށް ބަދުބަސް ބުނުމާއި މީހަކު މަރުވުމުން އަޑުން އަޑުނަގާ ބާރަށް ރޮއެ އަޑުގަދަކުރުމަކީވެސް ކުފުރެކެވެ. ކީރިތި މާތް ނަބިއްޔާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުންގެ ތެރޭގައި އެކަމެއްގެ ސަބަބުން ކުފުރުވާ ދެކަމެއްވެއެވެ. އެއީ ނަސަބަށް ބަދުބަސް ބުނުމާއި މީހަކު މަރުވުމުން މުސީބާތް ބޮޑުކުރުމުގެ ގޮތުން އަޑުން އަޑުނަގާ ރުއިމެވެ" (مسلم: 236)

މައިންބަފައިންވާ ޤުރުބާނީގެ މަތިން ހަނދާން ނައްތާލުންފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުން ފެނިގެންދާ މަންޒަރުތަކެކެވެ. އަދި އިހްސާންތެރިކަން ހަނދާނުގައި ބަހައްޓާނަމަ އެކަކު އަނެކަށް ލޯތްބާއި އިހުތިރާމާއެކު މުއާމަލާތުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިސްލާމީ މައުލޫމާތައް ހޯދާ އިލްމުވެރިންގެ ކިބައިން މައުލޫމާތު ހޯދުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމުގެ އަޒުމުގައި ކުރަންޖެހޭނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް