ވެމްކޯއިން ކުޅުދުއްފުށީ ސިޓީގެ ކުނި ކޮށި ސާފު ކުރަން ފަށައިފި

ކުޅުދުއްފުށި ސިޓީގެ ކުނިކޮށްޓަށް ޖަމާކުރެވި އެތައް އަހަރެއްވީ ކުނިފުނި ސާފުކުރަން ފަށައިފިއެވެ. އެންވަޔަރަންމެންޓް މިނިސްޓްރީން މިއަދު ބުނީ މިއީ ކުޅުދުއްފުށީ ސިޓީގައި ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކ...

12 Jan 2023 | 16:03

ކުޅުދުއްފުށި ސިޓީގެ ކުނިކޮށްޓަށް ޖަމާކުރެވި އެތައް އަހަރެއްވީ ކުނިފުނި ސާފުކުރަން ފަށައިފިއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން މިއަދު ބުނީ މިއީ ކުޅުދުއްފުށީ ސިޓީގައި ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ މިނިސްޓްރީން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ގުޅިގެން ހިންގާ  ޚާއްޞަ ހަރަކާތެއް ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގެ ކުނިކޮށްޓަށް ޖަމާކުރެވިފައިވާ ކުނިފުނީގައި ލަފާކުރެވޭގޮތުން އެކިބާވައްތަކުގެ 100000 ޓަނަށްވުރެ ގިނަ ކުނި ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް އެ ސިޓީގެ ކައުންސިލުން ވިދާޅުވާ ކަމަށް އެންވަރަންމެންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި ކުނިފުނި  ސާފުނުކުރެވި  ހުރުމުގެ ސަބަބުން ދިމާވާނެ  އާންމު  ސިއްހީ  މައްސަލަތަކުން  ސަލާމަތް  ވާން  ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ވަނީ  ޖެހިފައި ކަމަށެވެ.

2021 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށީ ސިޓީގެ ކުނި ކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެންވަޔަރަންމެންޓް މިނިސްޓްރީން ހަވާލުކޮށްގެން ވެމްކޯއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް