"ޗާލު މިސްކިތް" ފަންޑުން މާލޭގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި

މާލެ ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލި "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތު ކުރަން ފަށައިފިއެވެ. ސިޓީ ކައުންސިލުން ޓްވިޓާގައި ފޮޓޯ ހިއްސާކޮށް ބުނީ މާލެ ސިޓީ ކައުންސިލ...

12 Jan 2023 | 13:34

މާލެ ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލި "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތު ކުރަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ޓްވިޓާގައި ފޮޓޯ ހިއްސާކޮށް ބުނީ މާލެ ސިޓީ ކައުންސިލުގެ "ޗާލު މިސްކިތް" ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ އާސަހަރާ މިސްކިތް ކަމަށެވެ.

މިގޮތުން ސިޓީ ކައުންސިލުން މިއަދު ވަނީ އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި އެ މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަ ލުމަށް ކުލަކެހުމުގެ އިތުރުން ފާހަނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތް ކޮށްފައެވެ.

މި މިސްކިތް މަރާމާތް ކުރުމަށް ފަށާފައިވަނީ އާންމު ފަރާތަކުން މި މިސްކިތް މަރާމާތު ކުރުމަށް ހަރަދުވާ ފައިސާ އެއްކޮށް "ޗާލު މިސްކިތް" ފަންޑަށް ހަދިޔާ ކުރުމުން ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ " ޗާލު މިސްކިތް" ފަންޑަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް 2 ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އެގޮތުން މި ހަރަކާތުން 744713.90 ރުފިޔާ  މާލެ ސިޓީ ކައުންސިލަށް ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް