ސައުދީ ޕްރޮފެޝަނަލް ލީގަކީ ރޮނާލްޑޯއަށް ކުޅެން ފަސޭހަ ލީގަކަށް ނުވާނެ - ޒަވީ

ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގަކީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެން ފަސޭހަ ލީގަކަށް ނުވާނޭ ކަމަށް ކުރިން ގަތަރު ލީގުގެ އަލް ސައްދުއަށް ކޯޗުކޮށްދީފައިވާ އަދި މިހާރު ބާސެލޯނާގެ ކޯޗުކަމުގައި ހުރި ޒަ...

12 Jan 2023 | 06:34

ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގަކީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެން ފަސޭހަ ލީގަކަށް ނުވާނޭ ކަމަށް ކުރިން ގަތަރު ލީގުގެ އަލް ސައްދުއަށް ކޯޗުކޮށްދީފައިވާ އަދި މިހާރު ބާސެލޯނާގެ ކޯޗުކަމުގައި ހުރި ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ ބުނީ ރޮނާލްޑޯ ބަދަލުވީ ސައުދީގެ އެންމެ ވަރުގަދަ އަދި އެންމެ ރަނގަޅު އެއް ކުލަބަށް ކަމަށާއި ނަމަވެސް ސައުދީ ޕްރޮ ލީގަކީ ހީކުރާ ވަރަށް ވުރެ ކުޅެން އުނދަގޫ ލީގެއް ކަމަށެވެ.

ޒަވީ ބުނީ އެ ލީގަކީ ރޮނާލްޑޯއަށް ބޮޑު ޗެލެންޖަކަށް ވާނޭ ކަމަށާއި އެއީ އެ ލީގުގައި ހައްތާވެސް އޮތީ ވަރުގަދަ ކުލަބުތައް ކަމުން ރޮނާލްޑޯއަށް ސައުދީ ޕްރޮ ލީގުގައި ކުޅެން ފަސޭހަ ނުވާނޭ ކަމަށެވެ.

ޒަވީ އިތުރަށް ބުނީ އަލް ސައްދުގެ ޖޯޗު ކަމުގައި އެ ލީގުގެ ވަރަށް ގިނަ ކުލަބުތަކާއި ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެފައިވާނޭ ކަމަށާއި އެހެން ކަމުން އެ ލީގުގައި ވާދަކުރާ ކުލަބުތަކުގެ ފެންވަރު އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

" ސައުދީ ޕްރޮ ލީގަކީ ރިނާލްޑޯއަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ، އެއީ ރޮނާލްޑޯ އަށް ކުޅެން ފަސޭހަ ލީގަކަށް ނުވާނެ. އެ ލީގުގައި ހައްތާވެސް އޮތީ ވަރުގަދަ ޓީމުތައް." ޒަވީ ބުނެފައިވެއެވެ.

ސަައުދީ ކުލަބް އަލް ނަޞްރަށް ރޮނާލްޑޯ ބަދަލުވީ މިދިޔަ އަހަރުގެ ޑުސެމްބަރު މަހުގެ ފަހު ކޮޅުގައެވެ. އޭނާ އެ ކުލަބަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 200 މިލިއަން ޔޫރޯއަށް ކަމަށް ރުޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް