"ފިކުރެއްގެ ދިރުން" ނަމުގައި ކުރަމުންދާ ސިޔާސީ ކެމްޕެއިނަށް ދީނީ އިލްމުވެރިޔާ އަލީ ރަމީޒު ފާޑު ވިދާޅުވެއްޖެ އެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތް ހިންގަވަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އެމަނިކުފާނު ބޭނުން ކުރައްވަމުންދާ ތީމްއެވެ.
އެކަމަށް ފާޑު ކިޔައި އަލީ ރަޒީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީން ނޫން ފިކުރުތަކަކީ ނެތި ފަނާވެދާނެ ބާތިލު ވަހުމް ތަކެއްކަމުގައިއެވެ. އަލީ ފާޑުވިދާޅުވީ ނުސީދާކޮށް ނަޝީދަށް އަމާޒުކޮށްކަމަށް ބެލެވެ އެވެ.
އޭނާގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިން ދަނީ ނަޝީދު އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރުމަށް ނޭދޭ ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވައި ޓުވީތު ކުރައްވަމުންނެވެ.
https://twitter.com/aliramyz/status/1613080237037977607
ނަޝީދަށް ދީނީ އިލްމުވެރިންގެ ތާއީދު ގެއްލުނީ އެމަނިކުފާނުގެ ވެރިކަމުގައި އިސްރާއީލުގެ ޑޮކްޓަރުންތަކެއް ގެނައި މައްސަލަ އާއި އިސްލާމް ދީނާއި ދެކުނު ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ނަޝީދުގެ ވެރިކަމުގައި ދިން ކަމަށް ބުނެ އެވެ.
އަދި ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ނިސްބަތްކޮށް ވެރިކަމުގެ ފަހުންވެސް މީހުންގެ ހިތުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް