ފީފާ ވޯލްޑްކަޕަށް ފަހު އަލުން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ލިއޮނެލް މެސީ ކާމިޔާބުކުރި ލަނޑާއި އެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި އެންގާސްއާ ވާދަކޮށް ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.
މެޗުގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުރަތަަމަ ހާފުގެ ފަސްވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ މުކިއޭލޭގެ އެހީތެރިކަމާއި އެކު ހޫގޯ އެކިޓިކޭއެވެ.
މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ޕީއެސްޖީއަށް ޖަހައިދިނީ ލިއޮނެލް މެސީއެވެ. މި ލަނޑުވެސް ޖެހީ މުކިއޭލޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
މި މެޗުގައި ނޭމާ ވަނީ ޕީއެސްޖީއަށް ތިންވަނަ ލަނޑެއްވެސް ޖަހައިދީފައެވެ. ނަމަވެސް މި ލަނޑު އޮފްސައިޑް ކަމަށް ނިންމާ ބަލައިގެންފައެއް ނުވެއެވެ.
ރޭގެ މި މޮޅާއި އެކު ޕީއެސްޖީ ލީގު ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް