ދާންދޫ ބަނދަރުގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެ

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެމްޓީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަ...

12 Jan 2023 | 04:51

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެ އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެމްޓީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ކޮންކްރީޓް މަސައްކަތްތަކާއި، ރޭމްޕް ހަރުކުރުމުގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށެވެ.

އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރާނެ އެވެ. އަދި 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް