މާލޭ އިވްނިންގ ކެފޭގައި ރޭގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން ހަތް މީހަކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާކަމުގައި ނެޝެނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޮރޮޓީއިން ހާމަކޮށްފިއެވެ.
އެގޮތުން އެ ހާދިސާއާއި ގުޅިގެން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ މ.ގުލޭނޫރަންމާގޭގެ ހަތަރުވަނަ ބަޔާއި އަށްވަނަބަޔަށް ނިސްބަތްވާ ބަޔަކަށް ކަމުގައި އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އަލިފާނުގެ ހާދުސާގައި އިވްނިންގ ކެފޭއާއި އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާން ހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަން އެމްއެންޑީއެފް އިން ރޭ ހާމަކޮށްފައިވެއެވެ.
ރޭގެ އިރާކޮޅު ހިނގި އެ އަލިފާނުގެ ހާދިސާ މާ ގިނައިރުތަކެއް ނުވެ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އެ ކެފޭ ހުރި ބްލޮކަކީ ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ގެތަކެއްވެސް ހިމެނޭ ބްލޮކެއް ކަމުން އެ ކެފޭ ހިންގަމުންދިޔަ އިމާރާތާއި ކައިރި އިމާރާތްތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ދުމުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްގެންވެސް ފަރުވާދޭން ޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް