ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މެދުރާއްޖެއާއި އުތުރަށް މިއަދު އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ.
"އިރު އުތުރާއި އިރުން މެދުރާއްޖެއަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެވަރަކަށް މަޑުވާނެކަމަށް ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް