އަކިރި ބޭނުންކޮށްގެން ހަތަރު ބުރިއަށް ހަދާފައިވާ ހުރަވީ ބިލްޑިންގް ތަޅާލައި އެ ތަނުގައި ޕާކެއް ތަރައްޤީ ކުރަން މަޝްވަރާތައް ކުރަމުންދާ ކަމުގައި ޕްލޭނިންގް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުރަވީ ބިލްޑިންގ ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ތަޅާލާނެ ކަމުގައެވެ.
އެގޮތުން އެ ޢިމާރާތް ތަޅާލައި އެތާގައި ޕާކެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި އެ ޕާކުގައި ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމުގައި ހާމަކޮށްފައި ވެއެވެ.
ހުރަވީ ބިލްޑިންގ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ގައި ބިނާކުރި، މިހާރު 35 އަހަރުވެފައިވާ އިމާރާތެކެވެ.
އެ އިމާރާތުގައި ގިނަ އޮފީސްތަކެއް ހިންގާފައި ވެއެވެ. އޭގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، އިމިގްރޭޝަނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް