އޮފީސްތަކުގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރު އަދި އަމިއްލަ އޮފީސް ތަކުގެ 6 ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާާލައިފިއެވެ. ހޭންޑްބޯލް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ    އެސޯސިއޭޝަނުން އިންތިޒާމ...

12 Jan 2022 | 16:57

ސަރުކާރު އަދި އަމިއްލަ އޮފީސް ތަކުގެ 6 ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާާލައިފިއެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ    އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން 20 ފެބްރުއަރީ 2022 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ.

އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ލިބެންހުންނާނީ ގަލޮޅު ދަނޑުން ކަމުގައި އެ އެސޯސިއޭޝަނުން ހާމަ ކުރެއެވެ.

އެގޮތުން ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ޖެނުއަރީ 2022 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އެ އެސޯސިއޭޝަނަށް ފޮނުވުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ޓީމްލިސްޓް ހުށަހަަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 10 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ދެގަޑި ސުންމިނެޓު ކަމުގައި ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 9879555 އާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރެވޭނެ ކަމުގައި އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް