ދެން އިންނާނީ އެއް ބިލިޔަން ޑޮލަރު ހުރި ކުއްޖަކާ: ޖާބިރު

މީހަކާ އިންނަންޏާ ދެން އިންނާނީ އެއް ބިލިޔަން ޑޮލަރު ހުރި ކުއްޖަކާ ކަމުގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ އިއްޔެ އާންމުވި ވީޑިއޯގައެވެ. މި ވީޑިއޯއަކ...

12 Jan 2022 | 13:46

މީހަކާ އިންނަންޏާ ދެން އިންނާނީ އެއް ބިލިޔަން ޑޮލަރު ހުރި ކުއްޖަކާ ކަމުގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ އިއްޔެ އާންމުވި ވީޑިއޯގައެވެ. މި ވީޑިއޯއަކީ މިހާރު ސިންގަލް ކަމާއި ދިޔާނާ މާ ބޯހަރު ކަމަށްވެސް ބުނާ ވީޑިއޯއެވެ.

މި ވީޑިއޯގައި ޖާބިރު ވިދާޅުވަނީ ދެން އިންނަންޏާ އަންނަންވަނީ އެއް ބިލިޔަން ޑޮލަރު ހުރި އަންހެނެއް ކަމަށެވެ. ޖާބިރު ވިދާޅުވީ އެއީ އޭނާއަކީވެސް ބިލިޔަނަރަކަށް ވާތީ ކަަމަށެވެ.

މެންބަރު ޖާބިރު މިހާރު ސިންގަލް ކަމާއި ދިޔާނާ ބޯހަރުކަމުގައި ވިދާޅުވެފައިވާއިރު މިކަމާއި ގުޅޭގޮތުން ދުވަހުން ލިޔުން ހަބަރުގެ ޓްވީޓަށް ރައްދުދެމުން ދިޔާނާ ވިދާޅުވެފައިވަނީ "ދެއަރ ނެވަރ ވޯސް އަ ރުޖޫއަ، ދެއަރ ނެވަރ ވިލް ބީ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް