ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖަހަން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާނުކޮށްފި އެވެ.
އެޗްޕީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހަތަރު ސަޕޯޓު ސްޓާފުން ބޭނުންވާ ކަމަށެވެ. އެ މަގާމުގެ މުސާރަ އަކީ7،500 ރުފިޔާ އެވެ.
މި މަސައްކަތަށް ހޯދާ އިތުރު މުވައްޒަފުންގެ ތެރޭގައި ހަމަ އެ މުސާރައިގަ ތިން ފްލޯ މެނޭޖަރުން ހިމެނެ އެވެ. މި މުވައްޒަފުންގެ މަސައްކަތަކަށް ވާނީ ވެކްސިން ކެމްޕެއިންގެ މަސައްކަތްތަކެވެ.
ބޫސްޓާ ޑޯޒު ޖެހުމުގެ ކެމްޕެއިން މަސައްކަތަށް އިތުރު32 ޕްރޮގްރާމް އެސިސްޓެންޓުން ހޯދަންވެސް އެޗްޕީއޭއިން އިއުލާނުކޮށްފައިވެ އެވެ.
މީގެ އިތުރުން10 ވެކްސިނޭޓަރުން ހޯދަން އިއުލާނުކޮށްފައިވެ އެވެ. ވެކްސިނޭޓަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު14،700 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް