ކޮންޓެކްޓު ޓްރޭސިންވެސް އެޗްޕީއޭއަށް ނުވި ކަމަށް ނިންމައި، ފަރުދީ ޒިންމާއަށް ދޫކޮށްލައިފި

މާލެ ސަރަހައްދުގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު އަމިއްލައަށް އީމެއިލް މެދުވެރިކޮށް ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. އެޗްޕީ...

12 Jan 2022 | 09:04

މާލެ ސަރަހައްދުގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު އަމިއްލައަށް އީމެއިލް މެދުވެރިކޮށް ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ އާންމުކޮށް ކުރިޔަށް ގެންދާގޮތަށް ޕޮސިޓިވްވާ ހުރިހާ އެންމެންނަށް ގުޅައި ކޮންޓެކްޓު ޓްރޭސިން ހެދުން މިވަގުތު އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. އެހެންވެ އެޗްޕީއޭއިން އެެދިފައިވަނީ ޕޮސިޓިވްވާ މިހުން އަމިއްލައަށް އެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވުމަށެވެ.

އެޗްޕީއޭއިން ބުނީ ގިނަ ބަޔަކު ޕޮސިޓިވްވަމުންދާތީ ބަލި ޖެހޭ މީހުންނަށް އެކަން އެންގުން ލަސްވެދާނެ ކަމަށެވެ. އެހެންވެ ސާމްޕަލެއް ނަގައިފި ނަމަ ނަތީޖާ "ކޯވިޑް ސޭފް" ޕޯޓަލް މެެދުވެރިކޮށް ބަލަން ވާނެ ކަމަށް ބުންޏެވެ.

އެޗްޕީއޭއިން ބުނީ ޕޮސިޓްކަން އެނގުމުން އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރުގެ އިތުރުން ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެހުގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް އެޗްޕީއޭއަށް ފޮނުވަން ވާނެ ކަމަށެވެ. އަދި އެމީހެއްގެ ޑައިރެކްޓު ކޮންޓެކްޓުންގެ އެ މައުލޫމާތުތަކާއި ދެމީހުން ބައްދަލުވި ތާރީހުތަކުގެ ތަފްސީލް ފޮނުވަން ވާނެ ކަމަށް ބުނެފައިވެ އެވެ.

އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ކޯވިޑް އެއްވެސް އަލާމާތެއް ފެންނަ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދަން ވާނެ ކަމަށެވެ. އަދި އިތުރު ކަމެއް އޮތް ނަމަ 1676 އަށް ގުޅުމަށް އެ އިދާރާއިން އިލްތިމާސް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް