ހުޅުމާލޭގެ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާނުކޮށްފިއެވެ. އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޕްރ...

12 Jan 2022 | 08:47

ހުޅުމާލޭގެ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޕްރީ ސްކޫލް އަޅަން ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހި ކުންފުނި ތަކަށް ކަމަށެވެ.

މީގެ އިތުރުން ބީލަން ހުށަހެޅޭނީ އެޗްޑީސީގެ އެއްވެސް މުވައްޒަފަކާއި ގުޅުން ނޯންނަ ފަރާތަކަށް ކަމުގައެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 25 ވަނަ ދުވަހާއި ހަަމައަށް ހުޅުވާލާފައި ވެއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ސަރުކާރުން ދަނީ އެ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު އެ ފޭސްގައި އެއްވެސް ސްކޫލެއް ނުހުންނަ އިރު އާންމުން ދަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ސަރުކާރުގެ ދެ ސްކޫލް އަޅަން ދެ ކުންފުންޏަކާއި ހަވާލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް