އިންޑިއާގެ ގައުމީ ކްރިކެޓް ކެޕްޓަން ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީއަށް އެއް އަހަރު ވެއްޖެ އެވެ.
ވަމިކާއަށް އެއް އަހަރުވީ އިއްޔެ އެވެ. އުފަން ދުވަސް އައި އިރު ދެމަފިރިން ދަރިފުޅު ގޮވައިގެން ގޮސް ތިބީ އިންޑިއާ ގައުމީ ޓީމު ކުޅޭ ކްރިކެޓް މުބާރާތަކަށް ސައުތް އެފްރިކާގައި އެވެ.
އަނުޝްކާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވާ ގޮތުގައި ވަމިކާގެ އުފަންދުވަސް ފާހަގަ ކުރުމަށް އެ ގައުމުގައި ދެމަފިރިން ވަނީ ކުޑަ ޕާޓީއެއް ބާއްވައި ކޭކު ފަޅާފަ އެވެ. ކޭކު ފަޅާ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "މައި ބޭބީ ގާލް" ކަމަށެވެ.
ވަމިކާގެ މޫނު މިހާތަނަށް އާންމުކޮށް ދައްކާލާފައެއް ނުވެ އެވެ. އެކަމަކު ދާދިފަހުން ވަނީ ނޫސްވެރިންނަށް ވަމިކާ ފެނިފަ އެވެ. އެކަމަކު ވިރާޓްގެ އެދުމަށް ނޫސްވެރިންނާއި ޕަޕަރާޒީން ވަމިކާގެ ފޮޓޯ އާންމުކޮށްފައެއް ނުވެ އެވެ.
ވަމިކާ ސިފަކޮށްދެމުން ނޫސްތަކުގައި ބުނެފައިވަނީ އެ ކުއްޖާ ވިރާޓާއި އަނުޝްކާއާވެސް ވައްތަރުކަމަށެވެ. އެކަމަކު ބަލާލާއިރު ހީވަނީ އަނުއްކާ ކުޑައިރު ފެންނަހެން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް