ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ކައިވެނި ރުޖޫއަ ކޮށްފައި ނުވާ ކަމަށާއި ރުޖޫއަ ނުވެސް ކުރާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ދެބޭފުޅުން ވަކިވުމަށް ފަހު ކައިވެނި ރުޖޫއަކޮށްފައިވާކަމަށް ޖާބިރު މީޑިއާގައި ވިދާޅުވެފައިވަނިކޮށް އަނެއްކާވެސް ދިޔާނާ ވަރިކޮށްފި ކަމަށް ޖާބިރު ވިދާޅުވުމާއި ގުޅުވައިގެންނެވެ. އާންމުވެގެން އުޅޭ ޖާބިރުގެ ވީޑިއޯއެއްގައި ބުނަނީ މިހާރު ހުންނެވީ ސިންގަލްކޮށް ކަމަށެވެ.
ޖާބިރުގެ އެ ވީޑިއޯ އައި ގުޅިގެން "ދުވަސް" އިން ލިޔުނު ހަބަރު ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި ދިޔާނާ ވިދާޅުވީ ދެބޭފުޅުންގެ ކައިވެނި ރުޖޫއަ ކޮށްފައި ނުވާ ކަމަށެވެ. އަދި ކައިވެނި ރުޖޫއަ ނުކުރާނެ ކަމަށް ވިދާޅުވި އެވެ. ދިޔާނާ ވިދާޅުވީ އޭނާ ވަރިކުރީ އެންމެ ފަހަރަކު ކަމަށެވެ.
ދިޔާނާގެ ޓުވީޓުގައި ވަނީ "ދުވަސް"ގެ ހަބަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.
https://twitter.com/dhiyanasaid/status/1480886251611832320
ރެސްޓޯރެންޓެއްގެ ތެރޭގައި ހުރެ ބަޔަކާ މުހާތަބުކުރައްވަމުން ޖާބިރު ވިދާޅުވީ މިހާރު ހުރިހާ އެއްޗެއް ވިއްކާލުމަށްފަހު އިންވެސްޓް ކުރަނީ އެ ރަށަށް ކަމަށާއި ދެން ބޭނުންވަނީ އިންނާނެ އާލެއް ކަމަށެވެ.
“އިންނާނެ ވާލެއް ވޭތޯ ދެން ބަލަންވީ، ދިޔާނާ ވަރިކޮށްފިން، މިހާރު ވަރި ސާބިތު ކުރުމުގެ ކަންތައް ދަނީ ބާރަށް ކުރިއަށް” އެ ވީޑިއޯގައި ޖާބިރު ވިދާޅުވިއެވެ.
އެ ވީޑިއޯގައި އެކަމާ އިތުރަށް ސުވާލުކުރުމުން ޖާބިރު ވިދާޅުވަނީ ދެން ނުވާނެ ކަމަށާއި ދިޔާނާ މާ ބޯ ހަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް