މަރޮށީ ސިއްޙީ މަރުކަޒަށް އިތުރު ކުރާ ބައި އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ށ. އަތޮޅު މަރޮށީ ސިއްޙީ މަރުކަޒަށް އިތުރު ކުރާ ބައި ޢިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މަރޮށީ ސިއްޙީ މަރުކަޒުގައި އިމާރަތް ކުރުމަ...

12 Jan 2022 | 07:55

ށ. އަތޮޅު މަރޮށީ ސިއްޙީ މަރުކަޒަށް އިތުރު ކުރާ ބައި ޢިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މަރޮށީ ސިއްޙީ މަރުކަޒުގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފުރުސަތު ހުޅުވާލާފައެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ ސުން ގަޑި އަކީ 23 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި އެ މިނިސްޓްރީން ކުރެއްވި އިއުލާނާއި އެކު އެ މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިއްސާ ކުރައްވާފައި ވެއެވެ.

މަރޮށީ ސިއްޙީ މަރުކަޒަށް އިތުރު ކުރާ ބައި ޢިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވާއިރު އެ ރަށް ހިމެނޭ ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އަންނަނީ ވަގުތު ކުޑަތަންވަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓުން ވާދަކުރެއެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމާއި، ކޮމަންޑޫ ޓާފް ދަނޑު އެޅުމާއި، ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށްފަހު އެތަނުން ގޯތި ދޫކުރުމާއި، ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ތަރައްޤީ ކޮށް ދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް