މި ހަފްތާގައި ޔޫރަޕް ގައުމުތަކުން 14 މިލިއަން މީހުންނަށް އޮމިކްރޯން ޖެހޭނެ ކަމަށް ލަފާކޮށްފި

ޔޫރަޕްގެ ގައުމުތަކުން މި ހަފްތާ ނިމޭއިރު 14 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ގެ އާ ވޭރިއަންޓު އޮމިކްރޯން ޖެހޭނެ ކަމަށް ލަފާކޮށްފި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މި...

12 Jan 2022 | 07:21

ޔޫރަޕްގެ ގައުމުތަކުން މި ހަފްތާ ނިމޭއިރު 14 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ގެ އާ ވޭރިއަންޓު އޮމިކްރޯން ޖެހޭނެ ކަމަށް ލަފާކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މި މަހުގެ ފުރަތަމަ ހަފްތާގައި ޔޫރަޕްގެ ގައުމުތަކުން ހަތް މިލިއަން މީހުންނަށް އާ ވޭރިއަންޓު ޖެހިފައިވާ ކަމަށެވެ. މިހާރު ހޯދާފައިވާ ހޯދުންތަކުން ޖެނުއަރީގެ ދެ ވަނަ ހަފްތާ ނިމޭއިރު އެ އަދަދު ދެ ގުނައަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ.

އެ ޖަމިއްޔާއިން ބުނީ ޔޫރަޕްގެ 26 ގައުމަކުން ކޯވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އެއް ޕަސެންޓު އިތުރުވަމުންދާ ކަމަށެވެ. މިގޮތަށް މި ރޭޓު އިތުރުވަމުން ދާ ނަމަ އެ ގައުމުތަކުގެ ސިއްހީ ނިޒާމު އަނެއްކާވެސް ފުނޑުފުނޑުވުމުގެ ބިރު އެބައޮތް ކަމަށް ބުނެ ޑބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފަ އެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަންއިން ހެދި ދިރާސާތަކަށް ފަހު ބުނެފައިވަނީ ޔޫރަޕްގައި އޮމިކްރޯން ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު ކުރިޔަށް އޮތް ހަ ވަރަކަށް ހަފްތާ ތެރޭގައި ޔޫރަޕްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ކޯވިޑް ޖެހޭނެ އެވެ.

އޮމިކްރޯންއިން ބަލީގައި ބޮޑުވަރުވާލެއް ކުޑަ ނަމަވެސް މިއީ މިހާތަނަށް ފެތުރު ކޯވިޑް ވޭރިއަންޓުތަކުގެ ތެރެއިން އެންމެ ހަލުވި ކަމާއި އެކު ފެތުރެމުންދާ ވޭރިއަންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް