ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފި

އަންހެނުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ އެކި އެކި ދާއިރާތަކުން އަންހެން ކަނބަލުން ކުރާ މަސައް...

12 Jan 2022 | 06:59

އަންހެނުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ އެކި އެކި ދާއިރާތަކުން އަންހެން ކަނބަލުން ކުރާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީ އަށް އަންހެން ކުރާ މަސައްކަތުގެ އަގު ވަޒަް ކުރުމަށްދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި ފެށޭ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހާއި ހަަމައަށެވެ.

މި އެވޯޑަށް ކުރިމަތިލުމަށް އަމިއްލަ ނަން ނުވަތަ އެހެން ފަރާތެއް ނޮމިނޭޓް ކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.

ކަނބަލުންގެ އަގު ވަޒަން ކޮށް ރެހެންދި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް