ދަރުބާރުގޭ ސަރަހައްދުގައި ހުރި ބައެއް ގޭބިސީތަކުން ފެނުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ގައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭގެ ވޯޓަރ ނެޓްވޯކުގެ އެމަރޖެންސީ މަރާމާތުގެ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އެހެންވެ، އަމީނީ މަގު، ދަރުބާރުގޭ ސަރަހައްދުގައި ހިމެނޭ ބައެއް ގޭބިސީތަކުން ފެނުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ވީއެންމެ އަވަހަކަށް ޚިދުމަތް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.
https://twitter.com/MWSC_Official/status/1481152700972961792
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް