ސިޔާސީ ޕާޓީ އުފައްދަން ދޭ މުއްދަތު އިތުރުކޮށްފި

ސިޔާސީ ޕާޓީ އުފައްދަން ދޭ މުއްދަތު އިތުރުކޮށްފި އެވެ. ގާނޫނު ބުނާގޮތުން ތިން މަސް ދުވަސް ތެރޭގައި ސިޔާސީ ޕާޓީ އުފައްދަން ބޭނުންވާ މެމްބަރުން ހަމަކުރަން ޖެހެ އެވެ. އީސީގެ ރައީސް ފުވާދު ތައުފީގު މީޑިއާގ...

12 Jan 2022 | 04:51

ސިޔާސީ ޕާޓީ އުފައްދަން ދޭ މުއްދަތު އިތުރުކޮށްފި އެވެ.

ގާނޫނު ބުނާގޮތުން ތިން މަސް ދުވަސް ތެރޭގައި ސިޔާސީ ޕާޓީ އުފައްދަން ބޭނުންވާ މެމްބަރުން ހަމަކުރަން ޖެހެ އެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު މީޑިއާގައި ވިދާޅުވީ ކޯވިޑްގެ ހާލަތާއި ގުޅިގެން އެ މުއްދަތު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ފުވާދު ވިދާޅުވީ މުއްދަތު ހަމަވިޔަސް މިހާރު ސިޔާސީ ޕާޓީތައް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ ކަމަށެވެ.

ގާނޫނުގައި ބުނާ މުއްދަތު ސަސްޕެންޑު ކުރީ އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ދެންނެވެ.

މިހާރު ސިޔާސީ ޕާޓި އުފައްދަން ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރޭގައި  ތެރެއިން ފާހަގަކޮށްލެވޭ އެއް ޕާޓީއަކީ ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އުފައްދަވަން މަސައްކަތް ކުރައްވާ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް