ޕާކިސްތާނު ތޯލިބާނުންގެ ލީޑަރަކު އަފްގާނިސްތާނުގައި މަރާލައިފި

ތެހްރޭކީ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ އިސް ލީޑަރެއް ކަމަށްވާ ހާލިދް ބަލްޓީ އަފްގާނިސްތާނުގައި މަރާލައިފި އެވެ. ހާލިދަކީ މީގެ ކުރިން ޓީޓީޕީގެ ތަރުޖަމާނެކެވެ. އެ ޖަމާއަތުން ބުނީ މިވަގުތު އޭނާ އަކީ އެއ...

12 Jan 2022 | 01:52

ތެހްރޭކީ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ އިސް ލީޑަރެއް ކަމަށްވާ ހާލިދް ބަލްޓީ އަފްގާނިސްތާނުގައި މަރާލައިފި އެވެ.

ހާލިދަކީ މީގެ ކުރިން ޓީޓީޕީގެ ތަރުޖަމާނެކެވެ. އެ ޖަމާއަތުން ބުނީ މިވަގުތު އޭނާ އަކީ އެއްވެސް އިސް މަގާމެއް އަދާ ކުރާ މީހެއް ނޫން ކަމަށާއި އަފްގާނިސްތާނުގައި ބަލްޓީ މަރާލަން ޖެހުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭނާއަށް މަޑިން ހަމަލާދީ މަރާލީ އަފްގާންގެ ނަންގަހާރް ޕްރޮވިންސްގެ ޕާކިސްތާނާއި ގުޅޭ ބޯޑަރު ކައިރީގައި އެވެ. ބައެއް ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާއަށް ބަޑިން ހަމަލާދީ މަރާލީ ގޮތް ނޭނގޭ މީހެކެވެ.

އފްގާނިސްތާަނުގައި މިހާރު ވެރިކަން ކުރާ ތޯލިބާނުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އެގައުމުގެ ވެރިކަން ވައްޓާލައި އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އިރު ބަލްޓީ ހުރީ އަފްގާން ޖަލުގައި އެވެ. އޭނާ މިނިވަން ކުރީ ތޯލިބާނުންގެ ވެރިކަމުގައި އެވެ.

ޕާކިސްތާނުގެ ތޯލިބާނުންނަކީވެސް އެ ގައުމުގައި އާންމުންނަށް އަމާޒުކޮށް ގިނަ ހަމަލާތައްދޭ ޖަމާއަތެކެވެ. އިސްލާމްދީނުގެ ނަމުގައި ހިންގާ މި ހަރުކަށި ޖަމާއަތުން ޕާކިސްތާނުގައި ހިންގާ ޕޯލިއޯ ވެކްސިން ކެމްޕެއިންތަކައް ހުއްޓުވައި އާންމުންނަށް އަމާޒުކޮށް ބޮން ގޮއްވުމަކީ އާންމުކޮށް ކުރާ ކަމެކެވެ.

ދާދި ފަހުން އެ ގައުމުގެ ސިފައިންނާއި ޕާކިސްތާނު ތޯލިބާނުންނާއި ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. އޭގެ ފަހުން ސަރުކާރާއި ތޯލިބާނުންނާއި ދެމެދު މަޝްވަރާ ކުރުމަށް ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރުން އެއްބަސްވެ ބައްދަލުވުންތަކެއް ބާއްވާފައިވެެ އެވެ.

އެ ބައްދަލުވުންތަކުގައި އެމީހުން ޑިމާންޑުކޮށްފައިވަނީ ޕާކިސްތާނު ޖަލުގައި ތިބި ޓީޓީޕީގެ މެމްބަރުން ދޫކޮށްލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް