ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިރޭ މެންދަމު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ މިރޭ 11:00 ން ފަތިހު 4:00 އަށެވެ.
އެ ވަގުތުތަކުގައި އެ ސަރައްހަދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ އެވެ.
އާންމުގޮތެއްގައި މިރޭ ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ކަނޑެއްވެސް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރުމާއި އާންމު ދިރިއުޅުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް