ސައުދީގައި ކޯވިޑް ޖެހުނު 98 ޕަސެންޓު މީހުން ރަނގަޅުވެއްޖެ

ސައުދީ އަރަބިއްޔާގައި ކޯވިޑް-19 ޖެހުނު 98 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ. މިދިޔަ އަހަރު ކޯވިޑް-19 ފެތުރެން ފެށުމާއި އެންމެ އަވަހަށް ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ސައުދީ ހިމެނެ އެވެ. އެގޮތުން...

12 Jan 2021 | 17:59

ސައުދީ އަރަބިއްޔާގައި ކޯވިޑް-19 ޖެހުނު 98 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ.

މިދިޔަ އަހަރު ކޯވިޑް-19 ފެތުރެން ފެށުމާއި އެންމެ އަވަހަށް ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ސައުދީ ހިމެނެ އެވެ. އެގޮތުން ބައިނަލް އަގުވާމީ ދަތުރުތައް ހުއްޓާލައި އުމްރާއަށް މީހުން ދިއުން މަނާކޮށް ގައުމު ލޮކްޑައުން ކުރި އެވެ.

ސައުދީ ހެލްތް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އެ ގައުމުން ކޯވިޑް ޖެހުނު 355،857 މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އެއީ 97.7 ޕަސެންޓެވެ.

މިފަހަކަށް އައިސް ސައުދީގައި ކޮންމެ ދުވަހަކު ކޯވިޑަށް ޕޮސިޓިވްވަމުން ދަނީ ކޮންޓްރޯލް އަދަދެކެވެ.

އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ސައުދީން ޕޮސިޓިވްވެފައިވަނީ 147 މީހުންނެވެ. އެމީހުން ޕޮސިޓިވްވެފައި ވަނީ ޖިއްދާ، މައްކާ އަދި ރިޔާދުންނެވެ. 24 ގަޑިއިރު ތެރޭގައި 151 މީހަކު ކޯވިޑުން ރަނގަޅުވެފައިވާއިރު މަރުވެފައިވަނީ ފަސް މީހުންނެވެ.

ސައުދީގައި ކޯވިޑް ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 1،939 މީހުންނަށެވެ. އޭގެ ތެރެއިން ސީރިއަސް ހާލަތެއްގައި ތިބީ 310 މީހުންނެވެ.

މި ބަލީގައި ސައުދީގައި މަރުވެފައިވަނީ 6،300 މީހުންނެވެ.

މިހާތަނަށް އެ ގައުމުގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 364،096 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް