ކޮވިޑަށް މިއަދު 59 މީހަކު ޕޮޒިޓިވް ވި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 59ށް އަރައިފިއެވެ. އެއީ މާލެއިން ފައްސިވި33 މީހުންނާއި ރިސޯޓަކުން ފައްސިވި6 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ފައ...

12 Jan 2021 | 17:27

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 59ށް އަރައިފިއެވެ.

އެއީ މާލެއިން ފައްސިވި33 މީހުންނާއި ރިސޯޓަކުން ފައްސިވި6 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި 20 މީހުންނެވެ.

މިއަދަކީ މިއަހަރު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 37 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 760 މީހުން މިހާރު ބައްޔަށް ފަރުވާ ކުރަމުން ދާއިރު، ހޮސްޕިޓަލްގައި މިވަގުތު ތިބީ53 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް