ޤައުމީ ޔުނިވަރސިޓީން ދޭ ޚާއްޞަ ސްކޮލަޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު 60 ރަށެއްގެ ސްކޫލަކަށް ހުޅުވާލައިފިއެވެ.
ސްކޮލަރޝިޕް ގެ މައިގަނޑު މަޤްޞަދަކީ މި ވަގުތަށް ޤައުމަށް ބޭނުންވާ ކޯސްތަކަށް އިޢުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ޚާއްޞަ ދާއިރާތަކުން މީހުން ބިނާ ކުރުން ކަމުގައި، ޤައުމީ ޔުނިވަރސިޓީގެ އިެުލާނުގައި ވެއެވެ.
މިގޮތުން 2021 ވަނަ އަހަރަށް ޚާއްޞަކުރެވޭ ދާއިރާތަކަކީ ފަށާ ތަޢުލީމުގެ މުދައްރިސްކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިންގ އާއި އެއަރ ކަންޑިޝަނިންގ އާއި މެރިޓައިމް ދާއިރާއެވެ.
މި ސްކޮލަރޝިޕްގެ ތެރޭގައި އަންޑަރގްރެޖުއޭޓް އަދި ސަބްޑިގްރީ (ސެޓްފިކެޓް/ އެޑްވާންސްޑް ސެޓިފިކެޓް/ޑިޕްލޮމާ) ލެވެލްގެ ކޯސްތައް ހިމެނެއެވެ.
މިގޮތުން، ބެޗްލަރ އޮފް ޕްރައިމަރީ އެޑިޔުކޭޝަން ކިިޔަވާ ދަރިވަރުންނަށް ލިބޭ ޚާއްޞަ އިނާޔަތްތަކުގެ ތެރޭގައި، ކިޔަވާ ކޯހުގެ ޓިއުޝަން ފީ، ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ އަދި މަޖްދުއްދީން ދަނާލުގެ ޖާގަ ހިމެނެއެވެ.
އަދި ސެޓިފިކެޓް 3 އެއަރކޮންޑިޝަނިން އަދި ސެޓިފިކެޓް 3 ވެލްޑިން ކިޔަވާ ދަރިވަރުންނަށް ލިބޭ ޚާއްޞަ އިނާޔަތްތަކުގެ ތެރޭގައި، ކިޔަވާ ކޯހުގެ ޓިއުޝަން ފީ، ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ ހިމެނެއެވެ.
މި ސްކޮލަޝިޕްގެ ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ2021 ފެބްރުއަރީ18 ވާ ބުރާސްފަތި ދުވަހުގެ14:00އެވެ.
https://www.gazette.gov.mv/iulaan/view/141574
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް