ހިއުމަން ޓްރެފިކިންގެ މައްސަލައިގަ ރިޒްއާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެފި

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. ފުލުހުން ބުނީ އެ މައް...

12 Jan 2021 | 12:10

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ރިޒް އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އެ އޮފީހުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ބަލައިގެންފައިވާ ކަމަށެވެ.

އެކަމަކު ދައުވާ ކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ރިޒް އާއި ދެކޮޅަށް ދައުވާކޮށްދިނުމަށް ފޮނުވީ ރިސޯޓެއްގެ ގޮތުގައި ބ. ބޮޑުފިނޮޅުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަން އުޅުނު ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި އެވެ. މި މައްސަލެ ތަހުގީގަށް ރިޒާ ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.

މުސާރަ ނުދިން މައްސަލައިގަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ބިދޭސީ މުވައްޒަފުން ވަނީ އެ ރަށުގައި ހަމަނުޖެހުން ހިންގައި ބައެއް ދިވެހި މުވައްޒަފުން ރަހީނު ކޮށްފައި އެވެ. ރަހީނު ކުރި ދިވެހިން ސަލާމަތް ކުރީ އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ގޮސްގެން އެކަން ނުވެގެން މާލެއިން ދިޔަ އެސްއޯ ފުލުހުން އެ ރަށަށް އަރައިގެންނެވެ.

އެ ހަމަ ނުޖެހުންތަކުގައި 19 ބިދޭސީއަކު ފުލުހުން ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް