މާބަނޑު ދުވަސްވަރު މިތަކެތި ނުކާތި! ސަބަބު މިއޮތީ

ރަނގަޅަށް ނުކެކި ހުންނަ މަސް ސީ.ޑީ.ސީ އިން ބުނެފައިވާ ގޮތުގައި މާބަނޑުއިރު ރަނގަޅަށް ރޯނުފިލާ ހުންނަ މަސް ކެއުމުގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އުފެދެއެވެ. އަދި މިގޮތަށް އުފެދޭ އިންފެކްޝް ޕްލެސ...

12 Jan 2021 | 12:06

ރަނގަޅަށް ނުކެކި ހުންނަ މަސް

ސީ.ޑީ.ސީ އިން ބުނެފައިވާ ގޮތުގައި މާބަނޑުއިރު ރަނގަޅަށް ރޯނުފިލާ ހުންނަ މަސް ކެއުމުގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އުފެދެއެވެ. އަދި މިގޮތަށް އުފެދޭ އިންފެކްޝް ޕްލެސެންޓާއާ ހަމައަށް ވާސިލުވެ ބަނޑުގައިވާ ކުޑަ ދަރިފުޅަށް އޭގެ އަސަރުކުރެއެވެ. އެގޮތުން ދުވަސް ނުފުރާ ވިހެއުން ފަދަ ކަންތައްތައް މިކަމުން ދިމާވެއެވެ.

ރަނގަޅަށް ރޯނުފިލާ ހުންނަ ބިސް

ރޯ ނުފިލާ ހުންނަ ބިސް ބޭނުންކުރުމުން އޭގެ ސަބަބުން ބަނޑަށް އުނދަގޫވެ ނޭވާލުމަށް ދަތިވުމުގެ އިތުރުން ހޮޑުލެވުން ފަދަ ކަންތައްތަކަށް މަގުފަހިކުރުވައެވެ. އެއީ އޭގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާއެއްގެ ސަބަބުންނެވެ.

ކެފެއިން

ކެފެއިން ބޭނުން ނުކުރާ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. އެހެން ނަމަވެސް މާބަނޑު ދުވަސްވަރު ކެފެއިންއާއި ސޮފްޓް ޑްރިންކްސް ފަދަ ތަކެއްޗަކީ މައިމީހާއަށާއި އަދި ދަރިފުޅުގެ ހަށިގަނޑަށް އޭގެން ނުހަނު ގެއްލުން ހުރި ތަކެއްޗެވެ.

ރީތިކޮށް ނުދޮވެ ހުންނަ ތަރުކާރީއާއި މޭވާ

މާބަނޑު ދުވަސްވަރު ތަރުކާރީއާއި މޭވާ ގިނަގިނައިން ބޭނުންކުރަން ޖެހެއެވެ. އެހެން ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ ކެއުމުގެ ކުރިން މިތަކެތި ރީތިކޮށް ސާފުކޮށް ދޮވުމަށެވެ. އެގޮތުން އެތަކެތި އުފެއްދުމަށާއި އަދި ހެންޑްލިންގް ޕްރޮސެސްގެ އިތުރުން ސްޓޯރކޮށްފައި ބެހެއްޓުމަށްޓަކައި ތަފާތު އެތަށް ނުރައްކާތެރި ކެމިކަލްތަކެއް ހުންނަނީ ބޭނުންކޮށްފައެވެ. މިފަދަ ކެމިކަލްތަކުގެ ސަބަބުން ދަރިފުޅުގެ ފެނުމުގެ ހިއްސަށް އަސަރުކޮށް އަދި ސިކުނޑިއަށްވެސް އަސަރުކުރެއެވެ.

ޖަންކް ފުޑް

މާބަނޑުވުމަކީ ތަފާތު ރަހަތަކަށް މީހުންގެ ލޯބި ޖައްސުވާ ކަމެކެވެ. އެހެން ކަމުން ތައްޔާރީ ކާނާތަށް ކާހިތްވުމަކީ މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މާބަނޑުވުމުން މިފަދަ ހަކުރާއި ކެލޮރީސް އަދި އަދި ފެޓްސް އޭގައި ގިނަ އަދަދަކަށް ހިމެނޭ ކާނާ ކެއުމުން ޑައިބެޓީސް އަށް މަގުފަހިކުރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް