149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުތަކުން ބޭރުކޮށްލި މައްސަލަ މަޖިލީހަށް

ގދ. އަތޮޅުގައި އޮންނަ ފަޅު ރަށެއްކަމަށްވާ ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓާއި ދގ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މައްސަލަ ރައްޔ...

12 Jan 2021 | 11:28

ގދ. އަތޮޅުގައި އޮންނަ ފަޅު ރަށެއްކަމަށްވާ ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓާއި ދގ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލައިގަ ދައުވާ ކުރަން ފުރަތަމަ ޕީޖީ އޮފީހުން ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން މައްސަލަ ބޭރުކޮށްލީ ދައުވާ އުފުލަންޖެހޭނީ ކުށުގެ އަމަލު ހިންގި ސަރަހައްދެއްގެ ކޯޓަކަށް ކަމަށް ބުނެ އެވެ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބޭރުކޮށްލީ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހެޅުމުންނެވެ.

މިމައްސަލައިގަ ދައުލަތުން ފަސް މީހަކަށް ދައުވާ ކޮށްފައިވާއިރު ކޯޓުތަކުގެ މި ނިންމުމުން އެ މީހުން ވަނީ މިނިވަން ވެފައި އެވެ.

މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަން މައްސަލަ ހުށަހެޅުއްވީ މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އޭނާ ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ އެމައްސަލައިގަ ހައްޔަރު ކުރި މީހުން ދޫކޮށްލަން ޖެހި ކޯޓުތަކުން ދައުވާ ބޭރު ކުރަން ޖެހުނީ ކޮންބައެއްގެ އިހުމާލުންތޯ ބެލުމަށް ކަމަށެވެ.

އިންތި ވިދާޅުވީ މި އިހުމާލުތަކުގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް