ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.
ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓުކޮށްފައިވަނީ ހެނދުނު 7:49 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ލޯންޗުގައި ރޯވި އިރު އޭގައި ހުރީ އެކަކު ކަމަށެވެ. މި ހާދިސާގައި އެމީހާގެ ފައި ވަނީ ފިހިފަ އެވެ.
އަލިފާން ރޯވެ ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން އަޑިއަށް ގޮސްފައި އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ލޯންޗު ސްޓާޓް ކުރި ވަގުތު ބެޓަރީގައި ރޯވެގެން ނެވެ.
މި ހާދިސާ ހިނގާދިޔަގޮތް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް