އާދަޔާ ޚިލާފު މަކުނެއްގެ ވީޑިއޯ އާންމުވެއްޖެ

އާދަޔާ ޚިލާފު މަކުނެއް އޭތީގެ ބުރަކައްޓަށް ކުދި މަކުނުތައް އަރުވައިގެންދާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. އޮސްޓްރޭލިއާގެ ޞަރަޙައްދަކަށް ހައިކް ކުރަން ގޮސް އުޅުނު މީހަކު އ...

12 Jan 2021 | 08:34

އާދަޔާ ޚިލާފު މަކުނެއް އޭތީގެ ބުރަކައްޓަށް ކުދި މަކުނުތައް އަރުވައިގެންދާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ޞަރަޙައްދަކަށް ހައިކް ކުރަން ގޮސް އުޅުނު މީހަކު އޭނަގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މި ވީޑިއޯއާއި ފޮޓޯތަކުން ފެންނަނީ މަކުނެއް ދަނޑިކޮޅެއްގައި ހިއްޕާލައިގެން އިންނަ މަންޒަރެވެ. އަދި އެހެން އިންނަ އިރުގައި އޭތީގެ ބުރަކަށި މަތީގައި އޭގެ އެތަށް ބައިވަރު ކުދި މަކުނުތަކެއް ތިބޭ މަންޒަރު ދައްކުވައިދެއެވެ.

މި ވީޑިއޯތަކާއި ފޮޓޯތައް ބަލައި ބައެއް މީހުން ބުނެފައިވަނީ އެ މަކުނަށް "މަމް އޮފް ދަ ޔަރ" ޙައްޤު ކަމަށެވެ. އަނެއް ބަޔަކު އެތަކެތީގެ ބައްޕަ އެ ޞަރަޙައްދުން ނުފެނޭތޯ ވަނީ ސުވާލުކޮށްފައެވެ. އަދި މަންމައަށް އެކަނި 500 އެއްހާ ކުދި ދަރިން ދީފައި ދިޔައީތޯވެސް ބުނެފައިވެއެވެ.

އަނެއް ބަޔަކު ބުނެފައިވަނީ ދަރިން ބެލެހެއްޓުމުގެ ޚަރަދެއް ނުދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް