ރާއްޖޭގައި އެންމެ ފުރަތަމަ ގިޓާއެއް ކުޅުނީ ކާކު ކަމާމެދު ސުވާލު އުފެދިއްޖެ

ރާއްޖޭގައި އެންމެ ފުރަތަމަ ގިޓާ ކުޅުނީ ކާކު ކަމާމެދު ދެ ފަރާތެއްގެ މެދުގައި ޚިޔާލު ތަފާތުވެއްޖެ އެވެ. އެހެންކަމުން، ރާއްޖޭގައި ފުރަތަމަ ގިޓާ ކުޅުނީ ކާކު ކަމާމެދު ސުވާލު އުފެދެއެވެ. ލޯޔަރ ހުސެން ޝަމީމް...

12 Jan 2021 | 07:21

ރާއްޖޭގައި އެންމެ ފުރަތަމަ ގިޓާ ކުޅުނީ ކާކު ކަމާމެދު ދެ ފަރާތެއްގެ މެދުގައި ޚިޔާލު ތަފާތުވެއްޖެ އެވެ. އެހެންކަމުން، ރާއްޖޭގައި ފުރަތަމަ ގިޓާ ކުޅުނީ ކާކު ކަމާމެދު ސުވާލު އުފެދެއެވެ.

ލޯޔަރ ހުސެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ގިޓާ ކުޅުނީ މައިޒާން އާދަމް މަނިކު ކަމުގައެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ މިއުޒިކްގެ ގަވާއިދާއި ހަމަތައް ދަސްކޮށް، މިއުޒިކަލް ނޯޓްސް ކިޔާފައި ވަނީ ގިރިރާހި ދޮންބެ ކަމަށެވެ. އެއީ މެޑްރަސް އިން އެއް އަހަރު ދުވަހުގެ ތަމްރީނު ހައްދަވާފައިވާ ބޭފުޅެކެވެ.

ނަމަވެސް މި ޓްވީޓަށް ރައްދުދީ، އެހެން ފަރާތަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ގިޓާ ކުޅިފައިވަނީ ނައިބުގޭ ޝިހާމް ކަމުގައެވެ.

އެކަމަށް އިޝާރާތްކޮށް ލޯޔަރ ހުސެން ޝިހާމް ވިދާޅުވީ، ނައިބުގޭ ޝިހާމް އަކީ މައިޒާން އާދަމް މަނިކުގެ ދަރިވަރެއް ކަމަށް، އެބޭފުޅާ ކިޔުއްވި ފޮތެއްގައި ވާކަމަށެވެ. އަދި އެކަން އިތުރަށް ހޯދަން މަސައްކަތް ކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް