އިއްޔެ ރޭގެ ވަގުތެއްގައި އަފްގާނިސްތާނުގެ ކަންދަހާރުގެ ގަވަރުނަރަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެ އެކުވެރި އަރަބި އިމާރާތުގެ އެމްބެސެޑަރު އަދި ކަންދަހާރުގެ ގަވަރުނަރު ޒަހަމްވެފައިވާއިރު އެ ހަމަލާ އަކީ ތާލިބާނުން ދިން ހަމަލާއެއް ނޫން ކަމުގައި ތާލިބާނުން ބުނެފި އެވެ.
ތާލިބާނުން މިކަން ހާމަކޮށްފައިވަނީ އެ ޖަމާއަތުން ނެރެފައިވާ ބަޔާނެއްގެ އެވެ.
ތާލިބާނުން މި ހަމަލާގެ ޒިންމާ އުފުލަން ދެކޮޅު ހަދާފައިވާއިރު މިދިޔަ އަންގާރަ ދުވަހު ކާބުލްގައި ދިން ހަމަލާގެ ޒިންމާ އެ ޖަމާއަތުން ވަނީ އުފުލާފަ އެވެ. އެ ހަމަލާގައި 38 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.
ކަންދަހާރުގައި ދެވުނު ހަމަލާގައި އެމިރޭޓްސްގެ އެމްބެސެޑަރު ޒަހަމްވެފައިވާއިރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލާނެ ކަމުގައި އެކުވެރި އަރަބި އިމާރާތުން ވަނީ ބުނެފަ އެވެ. މި ހަމަލާގައި މަރުވެފައިވަނީ އެމިރޭޓްސް އަށް ނިސްބަތްވާ ސެކިއުރިޓީ ފަސް އޮފިސަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް