ވިލިމާލޭގެ ހުޅަނގުފަރާތު ނައިންސްޓަރ ބީޗާ ދިމާ ކަނޑަށް އެރިއުޅުނު އަންހެނަކު ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ އަމިއްލައަށް މަރުވާން އުޅޭކަމަށްބުނެ އަންހެނަކު ކަނޑަށް އެރިއުޅޭކަމަށް އިއްޔެ ހަވީރު 16:30 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްސަށް ދިޔައިރު މި އަންހެން މީހާ ކަނޑުގައި އޮތް މަންޒަރުވަނީ ފުލުހުންނަށް ފެނިފައިވާކަމަށެވެ.
މި މަންޒަރު ފުލުހުންނަށް ފެނުމާއެކު އެވަގުތު ޑިއުޓީގައި އުޅުނު ފުލުހުންވަނީ ފަތާފައިގޮސް އެއަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް