ރައީސްގެ ހަރަދުތައް އޮޅުންފިލުވައިދިނުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް ނަޝީދު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ކުރައްވާ ރަސްމީ އަދި ނުރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އެމްޑީޕީން އެދިފައިވާއިރު ރައީސްގެ ޔާމީންގެ އެންމެހާ ހަރަދެ...

12 Jan 2015 | 09:04

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ކުރައްވާ ރަސްމީ އަދި ނުރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އެމްޑީޕީން އެދިފައިވާއިރު ރައީސްގެ ޔާމީންގެ އެންމެހާ ހަރަދެއް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ ދިވެހިންގެ ހައްގެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގެ 29ވަނަ މާއްދާގައި ވާގޮތުން އުނގެނުމާއި،އުނގައްނައިދިނުމާއި،މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.ރައީސް ނަޝީދު ވިދާޅުވެފައިވާގޮތުގައި ރައީސުލްޖުމަހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމްގެ އެންމެހާ ޙަރަދުތައް ދިވެހި ރައްޔިތުނައް އޮޅުންފިލުވައި ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީން ދިވެހިނަށް ލިބިދީފައިވާ ހައްގެއްކަމެވެ" އެމްޑީޕީގެ ވެބްސައިޓްގައި ވެއެވެ.

އެމްޑީޕީގެ ފަރާތުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އެޑްރެސްކޮށް އިއްޔެ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގެންފައިވާ އަދަދާއި، މިފަދަ ދަތުރުފުޅުތަކުގައި ސިންގަޕޫރުގައި ހޭދަވި ދުވަސްތަކާއި، މި ދަތުރުފުޅު ތަކުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދާއި، ދަތުރު ތަކަށް ދައުލަތުން ހޭދަވި އަދަދާއި، ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅޭ ތަފްސީލް އެމްޑީޕީއަށް ފޮނުވައިދިނުން އެދޭ ކަމަށެވެ.

އަދި މިކަންކަން ރައްޔިތުންނަށް ތަފްސީލުކޮށް އެނގޭނެހެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރުމށް އެމްޑީޕީން އިހުލާސްތެރިކަމާއެކު އެދޭ ކަމަށްވެސް އެ ސިޓީގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް