މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 05 ރަބަރު ޕެކެޓާއެކު މީހަކާއި  ކުޑަ ކުއްޖަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލ...

12 Jan 2015 | 05:51

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 05 ރަބަރު ޕެކެޓާއެކު މީހަކާއި  ކުޑަ ކުއްޖަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  31 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ދިވެހިން ކަމަށެވެ.

މި ދެމީހުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި  އޮޕަރޭޝަނެއްގައި އއްޔެ 13:00 ހާއިރު ހުޅުމާލޭ ބީޗް ހަޓް ކައިރިން ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 05 ރަބަރު ޕެކެޓް ފެނިފައިވަނީ މި 02 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ކަމަށާއި  31 އަހަރުގެ މީހާއާއި 17 އަހަރުގެ ކުއްޖާއަކީ ކުށުގެ ރެކޯޑްސް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް