ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނައިރު އެކި ގައުމުތަކުން އަންނަނީ ތެލުގެ އަގު ދައްކުރަމުންނެވެ. އެގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭސިއާގެ ގައުމުތަކަށް ބަލާއިރު ޕެޓްރޯލްގެ އަގު އެންމެ ހެވީ ރާއްޖޭގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ބައިނަލްއަގްވާމީ ވިޔަފާރި ނޫސްތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއާއި ޕާކިސްތާނުގައި ޕެޓްރޯލް ލިޓަރެއް ވިއްކަމުން އަންނަނީ 0.8 ޑޮލަރަށެވެ. ރުފިޔާއިން ބަލައިފިނަމަ އެއީ 12.37 ރުފިޔާއެވެ. މި ބައްރުން ދެވަނައަށް އެންމެ އަގުހެޔޮކޮށް ޕެޓްރޯލް ވިއްކާ ގައުމަކީ ބޫޓާންއެވެ. އެ ގައުމުގައި ޕެޓްރޯލް ލިޓަރެއް ވިއްކަނީ 0.87 ޑޮލަރަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 13.47 ލާރިއެވެ.
އިންޑިއާގައި 1.10 ޑޮލަރަށް ޕެޓްރޯލް ލިޓަރެއް ވިއްކަމުން އަންނައިރު ނޭޕާލާއި ސްރީލަންކާގައި ޕެޓްރޯލް ލިޓަރެއް ވިއްކަމުން އަންނަނީ 1.20 ޑޮލަރަށެވެ.
އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީޝަލްގެ އަގު ހެޔޮކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ކުރިން 14.12ރ އަށް ވިއްކަމުންއައި ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަމުން އަންނަނީ 12.37 އަށެވެ. އަދި ކުރިން 14.08 އަށް ވިއްކި ޑީސަލް ލިޓަރެއް މިހާރު ވިއްކަމުންދަނީ 12.33 ރ އަށެވެ.
މި ފަހަކަށް އައިސް އެސްޓީއޯއިން ތިން ފަހަރެއްގެ މަތިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތަފާތު ސަބަބުތަކާ ހެދި ތެލުގެ އަގު އަންނަނީ ހެޔޮވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް