ކުރިއަށް އޮތް ރޯދަމަހަށް 50 ޓަނު ކަދުރު ލިބިފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު ރާއްޖެއަށް މިހާރު ލިބިފައިވާކަމަށެވެ.
50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް މިހާރު ލިބިފައިވާއިރު ރޯދަ މަހުގެ ކުރިން ކަދުރު ބަހައި ނިންމާނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް