ރޯދަމަހާ ދިމާކޮށް ބަންގި މުބާރާތެއް

ކުރިއަށް އޮތް ރަމަޟާންމަހާ ދިމާކޮށް ބަންގި މުބާރާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަރުޙަބާ ރަމަޟާން...

11 Dec 2024 | 16:06

ކުރިއަށް އޮތް ރަމަޟާންމަހާ ދިމާކޮށް ބަންގި މުބާރާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަރުޙަބާ ރަމަޟާން "ނޫރުލް އަޛާން 1446" ބަންގި މުބާރާތް ނަމުގައި ބަންގި ގޮވުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި އެ މިނިސްޓްރީގެ މިސްކިތްތަކާ ބެހޭ ސެކްޝަނުން އިންތިޒާމުކުރާ މި މުބާރާތަކީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ބާއްވާ މި މިބާރާތަކީ ބައިވެރިން ހާޒިރުވެ މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމު:

https://forms.gle/mBPLZ1PjykNjoxeV6

މުބާރާތުގައި ބައިވެރިވުމުގެ ފޯމު ފުރިހަމަކުރުމަށްފަހު 31 ޑިސެމްބަރުގެ މެންދުރުފަހު 14:00ގެ ކުރިއަށް ހުށަހަޅަންވާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް