އެމްއެންޔޫ މެރަތަންގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ (އެމްއެންޔޫ) މެރަތަންގެ ފަޚުރުވެރި ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސައިފިއެވެ. ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި މެރަތަން އަށް ...

11 Dec 2024 | 15:52

ބޭންކް އޮފް މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ (އެމްއެންޔޫ) މެރަތަންގެ ފަޚުރުވެރި ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި މެރަތަން އަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމަށާއި މުޖުތަމަޢުގެ ރޫޙު އާލާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. އަދި ހަމައެހެންމެ އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަގްސަދުގައެވެ.

އެމްއެންޔޫ މެރަތަންގައި ކިޑްސް ޑޭޝް، 5 ކިލޯ މީޓަރު، 10 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރަތަން ހިމެނޭނެއެވެ. މި އިވެންޓުގެ މަގުދަސަކީ ޝައުޤުވެރިކަން ހުރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ހަށިހެޔޮ ދިރިއުޅުމުގެ މުހިންމުކަން ބުނެދިނުމާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި ކުޅިވަރުގެ ރޫހު ކުރިއެރުވުމެވެ.

އެމްއެންޔޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 އަދި 21 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް