ބޮޑު އިވެންޓެއްގެ ޗީފް ގެސްޓަކަށް ކަމަށްބުނެ އިންޑިއާގެ ފިލްމީ ތަރިއަކު ތާކަށް ގެންގޮސް ރަހީނުކޮށް ލޫޓުވާލައިފިއެވެ.
މި ހާދިސާގެ ޝިކާރައަކަށްވެފައިވަނީ ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ މުޝްތާޤް ޚާން އަށެވެ.
މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި މުޝްތާޤް ޚާނަށް ބަޔަކު ގުޅީ އުމުރުން ދުވަސްވީ މީހުންގެ ހާއްސަ އިވެންޓެއްގެ ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވުމަށް އެދިއެވެ. އަދި އެކަމަށް އޭނާއަށް 25 ހާސް ރުފިޔާ އެ ގުޅި ފަރާތުން ދިނެވެ. އަދި އެއަށްފަހު އެ އިވެންޓް އޮންނަ އަވަށަށް ދިއުމަށް ދެކޮޅު ޓިކެޓުވެސް މުޝްތާޤް ޚާނަށް ފޮނުވިއެވެ.
އިވެންޓް އޮންނަ އަވަށަށް މުޝްތާޤް ޚާން ދިއުމުން ކާރުގައި އޭނާ ގެންގޮސް ރަހީނުކޮށް ފޭރުނުކަމަށް އޭނާ ފުލުހަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން އޭނާގެ ވޮލެޓާއި އަދި އޭނާގެ ދަރިފުޅުގެ ބޭންކް އެކައުންޓުން ދެ ލައްކަ އިންޑިއަން ރުޕީސް ފޭރުމަށްފަހު އެމީހުން އޭނާ ދޫކޮށްލި ކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާގެ ފުލުހުން އަންނަނީ އެކަން މިހާރު ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް