ގްރޭޓަރ މާލޭ އޭރިއާގައި ހިންގަމުން އަންނަ ސްޕާތަކާއި ސެލޫންތައް ސާފުތާހިރުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެޗްޕީއޭއިން މިއަދު ބުނެފައިވަނީ ގްރޭޓަރ މާލޭގައި ހިންގަމުންދާ ޒާތީ ޚިދުމަތްދޭ ތަންތަނުން (ސެލޫން، ސްޕާ ފަދަ ތަންތަން) އާންމުންނަށް ޚިދުމަތްދޭއިރު އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ދަމަހައްޓާގޮތް ދެނެގަތުމަށްޓަކައި ކުރެވޭ ހާއްސަ އިންސްޕެކްޝަންތަކެއް މިހިނގާ ޑިސެމްބަރު މަހުގެ 09 އިން 19 އަށް ކުރިއަށްގެންދާނެ ކަމަށެވެ.
މި އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު ސެލޫން ސްޕާ ހިންގާ ފަރާތްތަކުން މިކަމަށް އެއްބާރުލެއްވުން ދެއްވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އެޖެންސީގެ ފޯނު ނަމްބަރު 3024570 އަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް