ދައުރު ހަމަކުރާކަށް ނުޖެހޭ، ގާނޫނު އަސާސި ފުނޑާލީމަ ޖެހޭނީ ވެރިކަން ވައްޓާލަން: މަޓޭ

ގާނޫނު އަސާސީ ފުނޑާލީމަ ފަސް އަހަރުގެ ދައުރެއް ދޭން ނުޖެހޭ ކަމަށާއި، ރައްޔިތުން ނިކުމެ މި ވެރިކަން ވައްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓ...

11 Dec 2024 | 05:38

ގާނޫނު އަސާސީ ފުނޑާލީމަ ފަސް އަހަރުގެ ދައުރެއް ދޭން ނުޖެހޭ ކަމަށާއި، ރައްޔިތުން ނިކުމެ މި ވެރިކަން ވައްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިއަ ޖަލްސާގައި މަޓޭ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ ދޮގުވެރިއެއް ކަމަށް ރައްޔިތުން ނިންމާފައިވާ ކަމަށެވެ.

"މި ރާއްޖޭގައިވެސް ދައުރު ހަމަވާކަށް ނުޖެހޭ ގާނޫނު އަސާސީ ފުނޑާލީމަ ރައްޔިތުން ނިކުމެ ވެރިކަން ވައްޓާލަން ޖެހޭ، ބަދަލުކުރަންވީ، ނުކުނަންނަވީ" މަޓޭ ވިދާޅުވި އެވެ.

ވެރިމީހާ އަކީ ދޮގުވެރިއެއް ކަމަށް ރައްޔިތުން ނިންމީމަ އެ ހިސާބުން ވެރިކަމަށް ކުފޫ ހަމަނުވާ ކަމަށާއި، އެ ހިސާބުން ވެރިކަމުން ބާލުވަން ޖެހޭ ކަމަށެވެ.

މި ފަހުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިކަންވެސް ދައުރު ހަމަވުމުގެ ކުރިން ރައްޔިތުން ނިކުމެ ވައްޓާލިކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ އެގޮތަށް ވެރިކަން ވައްޓާލުމުން ރައްޔިތުން ކުށްވެރިނުވާ ކަަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވެސް އެގޮތަށް ކަންކަން ހިނގަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް