ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެކަން އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރައްވައިފިއެވެ.
އަބްދުއްރަހީމް މިކަން އިއުލާނުކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާކަމަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު އެދިލައްވާކަމަށެވެ.
ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން އަބްދުއްރަހީމް ނިންމަވާފައިވާއިރު މީގެ ކުރިން ދެ ދައުރެއްގައި އެ ދާއިރާގެ މެންބަރުކަން އަބްދުއްރަހީމް ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް