ސޯޝަލް މީޑިއާއަށް ދެވިހިފާ މީހުންނަކީ ނަރުގިސީ ޝަޚްސިއްޔަތުގެ ވެރިން ކަމަށް ދިރާސާއަކުން ދައްކައިފި

ދާދި ފަހުން "ދަ ޖާނަލް އޮފް ސައިކޮލޮޖީ" ގައި ޝާއިއުކުރި ދިރާސާއަކުންވަނީ އަބަދު ފޯން ސުކްރީންއަށް ގެއްލިފައި ތިބޭ މީހުންނާއި ގުޅޭގޮތުން ކަންބޮޑުވާފަދަ ހޯދުންތަކެއް ހޯދާފައެވެ. އެލެގްޒެންޑްރޫ އައިއޯން ...

11 Dec 2023 | 11:02

ދާދި ފަހުން "ދަ ޖާނަލް އޮފް ސައިކޮލޮޖީ" ގައި ޝާއިއުކުރި ދިރާސާއަކުންވަނީ އަބަދު ފޯން ސުކްރީންއަށް ގެއްލިފައި ތިބޭ މީހުންނާއި ގުޅޭގޮތުން ކަންބޮޑުވާފަދަ ހޯދުންތަކެއް ހޯދާފައެވެ. އެލެގްޒެންޑްރޫ އައިއޯން ކުޒާ ޔުނިވާސިޓީގެ ރޮމޭނިއާ ސައިންސްވެރިންނަށް އެނގިފައިވާ ގޮތުގައި ނަރުގިސީ ޝަޚްސިއްޔަތުގެ (ނާސިސިސްޓް) ސިފަތައް ހުންނަ މީހުން އެމީހުންގެ ފޯނަށް އެޑިކްޓްވެ "ނޯމޯފޯބިއާ" ނުވަތަ "ނޯ މޯބައިލް ފޯން ފޯބިއާ" ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާގައި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ 559 މީހަކު ބައިވެރިކޮށް، އެ މީހުންނާ ސުވާލުކޮށް، ނަރުގިސީ ޝަޚްސިއްޔަތު، ފިކުރުބޮޑުވުން، ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ އަލާމާތްތައް އަދި ނޯމޯފޯބިއާގެ މިންވަރު ދެނެގަތެވެ. ބައިވެރިންނަށް ހުށަހެޅި ސުވާލުތަކުގެ ތެރޭގައި "ސްމާޓްފޯން މެދުވެރިކޮށް އަބަދު ވެސް މައުލޫމާތު ނުލިބޭނަމަ ނުތަނަވަސްކަން އިހުސާސްވާނެ" އަދި "ފާއިތުވި އަހަރުގެ ތެރޭގައި ސޯޝަލް މީޑިއާ އެހާ ގިނައިން ބޭނުންކޮށްފައި ވޭތޯ، ވަޒީފާއަށް/ކިޔެވުމަށް ނޭދެވޭ އަސަރެއް ކޮށްފައި ވޭހެއްޔެވެ؟". ފަދަ ސުވާލުހިމަނާފައި ވެއެވެ.

އެންމެ ފަހުން އެ ޓީމުން ވަނީ ނަރުގިސީ ޝަޚްސިއްޔަތުގެ ސިފަތަކުގެ މިންގަނޑުން މަތީ މާކްސް ލިބުނު ބައިވެރިންނަށް ނޯމޯފޯބިއާ ގެ މިންވަރު މަތިވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައެވެ. "މި ދިރާސާގެ އެންމެ މުހިންމު ހޯދުމަކީ ނަރުގިސީ ޝަޚްސިއްޔަތާއި ފިކުރު ބޮޑުވުމާއި އޮތްގުޅުމާއި އަދި މިކަންކަމަށް މަގުފަހިވުމަށް ސޯޝަލް މީޑިއާއަށް ދެވިހިފުމާއި ނޯމޯފޯބިއާ ހުރީ ކޮން ގުޅުމެއްކަން ހޯދުން،" ދިރާސާގެ ލިޔުންތެރިން ލިޔެފައިވެއެވެ.

ވަކިން ހާއްސަކޮށް އެހެން މީހުންގެ ތައުރީފު ބޭނުންވުމަކީ ނަރުގިސީ ޝަޚްސިއްޔަތުގެ ވެރިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަށްވާއިރު، ސޯޝަލް މީޑިއާގައި ލައިކް އާއި ކޮމެންޓްތަކުން އެމީހުން މި ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރެއެވެ. "ނަރުގިސީ ޝަޚްސިއްޔަތު ހުންނަ މީހުންނަށް މިފަދަ ކަންކަމަށް ދެވިހިފުމުގެ ފުރުސަތު ބޮޑެވެ، އޭގެ ސަބަބުން ފިކުރުބޮޑުވުން އިތުރުވެގެންދާނެ،" ސައިންސްވެރިން ބުންޏެވެ.

ފޯނުގެ ވަބާގެ ސަބަބުން އެކި ސަބަބުތަކާ ހުރެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށާއި ނަރުގިސީ ސަޚްސިއްޔަތުގެ ސިފަތައް ގޯސްވުން އެ ލިސްޓަށް އިތުރުކުރެވިދާނެ ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް